ޝެއިޚް ފަރީދުގެ ޚާއްސަ ދަރުސެއް ހޮޅުދޫގައި!
ޝެއިޚް ފަރީދު

ޝައިޚް ފަރީދުގެ ޚާއްޞަ ދަރުހެއް މާދަމާ ރޭ ނ. ހޮޅުދޫގައި އޮންނާނެ ކަމަށް މަައުލޫމާތު ލިބިއްޖެއެވެ. 

އެގޮތުން، މި ދަރުސް ފަށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:30ގައި ހޮޅުދޫ މޭނާސްކޫލް ހޯލްގައި ކަމަށް، ދަރުސް އިންތިޒާމް ކުރާ ފަރާތުން މައުލުމާތު ދެއެވެ. 

"ހަޔާތުގެ ނިމުން" މި މަޢުލޫއަށް ޝެއިޚް އިބްރާހީމް ފަރީދު އަޙްމަދު ދެއްވާ މި ދަރުސް އިންތިޒާމުކޮށްފައި ވަނީ ހޮޅުދޫ ކައުންސިލާއި ހޮޅުދޫ އިސްލާމިކް މޫވްމަންޓް ގުޅިގެންނެވެ.  

މީގެ އިތުރުން، ދަރުސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއްވާ ގޮތުގައި މި ދަރުސްގެ މަޤްޞަދަކީ އިސްލާމީ ވަހުދަތު ދިރުވާ އާޅާކުރުމާއި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. މި ދަރުސްގެ އިތުރުން މާދަމާ ހަވީރު “ޝެއިޚާއެކު ކޮފީއެއް”ގެ ނަމުގައި ޒުވާނުންނާ މަޝްވަރާކޮށް ޒުވާނުން އޮޅުންފިލުވަން ބޭނުންވާ ދީނީ ކަންކަމުގެ މައުލޫމާތު އޮޅުންފިލުވުމަށް ގަޑިއެއް ޚާއްޞަކުރެވިފައި އޮންނާނެކަމަށްވެސް ދަރުސް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއްވައެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް