އަތޮޮޅުގެ އެއްވަނަ: ކުޑަފަރީ ކައުންސިލް 
ކުޑަފަރި

ކައުންސިލްތަކުގެ ރޭންކިންގް 2017 ގައި ނ. އަތޮޅުން އެއްވަނަ ކައުންސިލަކަށް ހޮވިފައި ވަނީ، ކުޑަފަރި ކައުންސިލް ކަމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭއިން) އިން އާއްމުކުރި ރިޕޯޓް ބުނެފިއެވެ.

އެހެން ނަމަވެސް، މުޅި ރާއްޖޭގައި ހިމެނޭ ޖުމުލަ 179 ރަށު ކައުންސިލާ ވާދަކޮށް، އެކައުންސިލަށް ލިބިފައި ވަނީ 89 ވަނަ އެވެ. 

މީގެ އިތުރުން، ނ. އަތޮޅުން ދެވަނައަށް ގޮސްފައިވަނީ، ވެލިދޫ ކައުންސިލެވެ. އެކައުންސިލުން ވަނީ މުޅި ރާއްޖޭގެ 90 ވަނަ ހޯދާފަ އެވެ. އަދި އަތޮޅުގެ ތިންވަނައިގައި އުޅެނީ ފޮށްދޫ އެވެ. ފޮށްދޫ އަށް މުޅި ރާއްޖޭގެ ކައުންސިލްތަކުގެ ރޭންކަށް ބަލާއިރު ލިބިފައި ވަނީ 91 ވަނަ އެވެ.

ނ. އަތޮޅުގެ ވެރިކަންކުރާ ރަށް މަނަދޫ ކައުންސިލަށް  ލިބިފައި ވަނީ 4 ވަނަ އެވެ. މަނަދޫ ކައުންސިލަށް  މުޅި ރާއްޖެއިން ލިބިފައި ވަނީ 105 ވަނަ އެވެ. އަދި އަތޮޅުން ފަސްވަނައިގައި މާޅެންދޫ ހިމެނޭއިރު އެރަށަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 110 ވަނަ އެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް