ޝިމާ ގެއްލުން: ޖިނާޢީ ތަހުގީގެއް ހިންގަންޖެހޭ!
ގެއްލިގެން ހޯދަމުންދާ ޝިމާ

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޝިމާ އަދިވެސް ހޯދަމުންދާ އިރު، މި މައްސަލައިގައި ޖިނާޢީ ތަހުގީގެއް ހިންގަންޖެހޭ ކަމަށް، ފޭސްބުކުގައި ނެގި "ޕޯލް" އެއް ބުރަވެއްޖެއެވެ.

"ނޫނު އޮންލައިން"ގެ ލިޔުންތެރިޔާ އަދި މީސްމީޑިއާ އެކްޓިވިސްޓް ޝަޔާން ޔޫސުފް ފޭސްބުކުގައި ނެގި ޕޯލެއްގައި ބުނެފައި ވަނީ، ގެއްލިގެން ހޯދާ ޝިމާ ހޯދަން ކަނޑުމަތީގައި ނޫޅެ، ފަޒީލް ހައްޔަރުކޮށް ޖިނާޢީ ތަހުގީގެއް ހިންގަން ފެނޭތޯއެވެ؟ މިޕޯލަށް ވޯޓުދިން %93 މީހުން ބުރަވެފައިވަނީ މިމައްސަލައިގައި ޖިނާޢީ ތަހުގީގެއް ހިންގަން ފެންނަ ކަމަށެވެ.

އާއެކެވެ. ޑިންގީ ދުއްވި ޒުވާނާ (ފަޒީލް) މިހާދިސާ ހިނގިގޮތް ފުލުހުންނާ މީޑިއާއަށް ހިއްސާކުރި ހިސާބުން، އެނާގެ ވާހަކައިގައި ދިމާނުވާ ކަންކަން ހުރިކަން ގިނަބަޔަކު ފާހަގަކުރިއެވެ. ހާއްސަކޮށް ޓްވިޓާ އާއި ފޭސްބުކްގައި އެ ހަބަރު ވައިރަލްވަމުން ދިޔަ ވަރަކަށް ޝައްކުތައް ވެސް ދިޔައީ އުފައްދަމުންނެވެ. 

މުޅި ހާދިސާގެ މައްޗަށް އެންމެ ބޮޑު ޝައްކެއް ކުރަނީ ޝިމާގެ އާއިލާ އެވެ. އަދި ވަރަށް ގިނަ ފަރާތްތަކުން މި ހާދިސާއާ ގުޅުވައި ތަފާތު ވާހަކަތައް ހުކުރު ދުވަހުގެ ރެއިން ފެށިގެން މިހާތަނަށް ދައްކާފައިވެ އެވެ.

މިސްމީޑިއާގައި މީހުން ކުރި ބައެއް ސުވާލުތައް:

"ޑިންގީ ބަންޑުން ޖަހާލުމުން ޑިންގީގައި ޝިމާއާއެކު ދަތުރުކުރި ފަޒީލު ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވީ ކިހިނެތް؟ ގުޅޭ ހާލަތުގައި އޮތް ފޯނުވެސް އޮވެފައި އެލިގަނަވޭ ގޮތަށް ބަނޑުންވެފައި އޮތް ޑިންގީގަނޑު ވެސް އޮއްވާ ދެމީހުން މަޑުކޮށްފައި ފޯނުން ނުގުޅައި "ވީހާލެއްވާން" ޝިމާ ދޫކޮށްލާފައި ފަޒީލް ވަކިވީ ކީއްވެގެން؟ "

"ކުރުވަން ހަމެއް ދެވޭވަރަށް ތައްޔާރުވި އިރު ފަތަންވެސް ނޭނގޭ ޝިމާ ދަމައި ނުގަތީ ކީއްވެ؟ އަދި އޮޔާ ދެކޮޅަށް ފަޒީލް ދަމައި ނުގަނެ ފަސޭހައިން ރިސޯޓަށް އެރީ ކިހިނެއް؟"

"އަމިއްލަ އަށް ކޯސްޓް ގާޑަށް ނުގުޅައި ފަޒީލް ރައްޓެއްސެއް މެދުވެރިކޮށް ގުޅުމުގެ ބޭނުމަކީ ކޮބައި؟" 

"ދިން ކަމަށް ބުނާ ފޯނަށް ޝިމާގެ ބޭބެ ދެ ފަހަރަށް ގުޅިމާވެސް ބިޒީކޮށްލި، އޭގެ ފަހުން ފޯނު ނިއްވާލި ގޮތަށް އަދި ނުހުޅުވާ، އެހާލުގައި ޝިމާ އޮތް ނަމަ ފޯނަށް ޖަވާބު ނުދިނީ ކީއްވެ؟"

މިހުރީ ހައްތާހާވެސް ޖަވާބު ބޭނުންވާ ސުވާލެވެ. އަދިވެސް އެތަށް ޝައްކެތް، ސުވާލެއް އެކި މީހުން މީސްމީޑިއާގައި ކޮށްފައިވެއެވެ. އެހެންކަމުން، މި ސުވާލުތަކުގެ ފުރިހަމަ ޖަވާބު ހޯދަން، ފަޒީލް ހައްޔަރުކުރަން ޖެހޭ ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް