އެނާ، "ޝިމާ" އަތަށް ދިނީ ފުޅިމަދުކޮޅެއް ކަހަލަ ފޯނެއް ދޯ؟
ގެއްލިގެން ހޯދަމުންދާ ޝިމާ

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ އަދިވެސް ނުފެނިވާ އިރު، އޭނާއާއެކު ޑިންގީގައި އިން ދަތުރު ކުރި ފިރިހެން މީހާ އެހީ ހޯދަން ދިޔައީ، ޝިމާ އަތަށް ފްލޯޓް ކުރާނެ ހަމަކާއި ފޯނެއް ދީފައި ކަމަށް އޭނާއާ ހަވާލާދީ ފުލުހުން ބުނެފިއެވެ. 

ނަމަވެސް، މިވާހަކާއި ފަޒީލް (ޑިންގީން ދަތުރުކުރި ފިރިހެން މީހާ) މީޑިއާށް ދީފައިހުރި އިންޓަވިއުތަކާއި ގުޅުވާއިރު އޮޅުންއަރާ ކަމެއް އެބައޮތެވެ. މީޑިއާށް ދިން އިންޓަވިއުއެއްގައި ފަޒީލު ބުނީ، ދަތުރުކުރީ ފޯނުން ޖީޕީއެސް ޖައްސައިގެން ކަމަށާއި، ފޯނު ދީފައި އޮތީ ޝިމާއަތަށް ކަމަށެވެ. އަދި ބުނީ، ފުރަތަމަ ޕެޓްރޯލް ހުސްވީ ގާދޫއާ އަރާ ހަމަވިތަނުން ކަމަށާއި، ޑިންގީ ބަންޑުން ޖަހާލީ ދެވަނަ ފަހަރަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ރާޅަކުން ކަމަށެވެ. އޭނާ ބުނީ ބަންޑުން ޖަހާލީ ގާދޫ ކަނޑުއޮޅީ މެދަށްވުރެ ތަންކޮޅެއް ދުރުން ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ، ޑިންގީ ބަންޑޫޖަހާލައި ދެމީހުން މޫދަށް ވެއްޓޭއިރު، ފޯނު ދާނީ ކޮންތާކަށް ތޯއެވެ؟ ޔަޤީންކަމާއެކު އެނގޭ އެއްޗަކީ އެވަޤުތު ކަނޑު އަޑިއަށް ފޯނު ދާނެ ކަމެވެ. މިހާރު އުފެދޭ ސުވާލަކީ، އެހެންވީރު ދަމުން ފަޒީލް ޝިމާ އަތަށް ދޭނެ ފޯނެއް އޮންނާނެ ހެއްޔެވެ.

މޯބައިލް ފޯނަކީ ފެނުމަތީގަަައި އޮންނާނެ އެއްޗެއް ނޫނެވެ. އަދި އެއީ ވޯޓާ ޕްރޫފް ފޯނަކަށް ވިޔަސް، ނުވިޔަސް ކަނޑު އަޑިޔަށް ދިޔުމަށްފަހު، އެފޯނު ފެނު މައްޗަށް އެރުމަކީ ނާދިރު ކަމެކެވެ. އެއީ ފުޅިމަދުކޮޅެއް ނޫނިއްޔާއެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް