"ކޮއްމެތާކުވިޔަސް ހެޔޮހާލުގައި ލެއްވުން އެދި ދުޢާކުރަން"
ގެއްލިގެން ހޯދަމުންދާ19 އަހަރުގެ ޝިމާ

ޑިންގީ ބަންޑުންޖަހާލަައި ގެއްލުނު 19 އަހަރުގެ ޝީމާ އަށް އުއްމީދު ކަނޑާނުލާ ކަމަށާ ނޫނު އޮންލައިންގެ ޓީމުން ޝިމާޢާށް ހެޔޮ ދުޢާ ކުރާކަމަށް ނޫނު އޮންލައިންގެ އެޑިޓަރ ޒިދާން މުޙައްމަދު (ލިޔާ ކުއްޖާ) ވިދާޅުވެއްޖެއެވެ.

އެޑިޓަރ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ޝިމާ ގެއްލުނު ޙަބަރާއެކު މުޅި ރާއްޖެ ހިތާމަ ކުރަމުންދާއިރު އެންމެވެސް ތިބީ ދިރިހުއްޓާ ޝީމާ ފެންނާނެ ކަމުގެ އުއްމީދުގައެވެ.

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ އަދިވެސް ހޯދަމުންދާ އިރު، މިއަދު ސިފައިން ބުނެފައި ވަނީ ލިބިފައިވާ ހުރިހާ ވަސީލަތްތައް ބޭނުން ކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޝިމާ ހޯދުމުގެ މަސައްކަތް އެއްވެސް ވަރަކަށް ހުއްޓާ ނުލާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް ބުނެފައިވަނީ ޝީމާ ހޯދުމުގެ މަސައްކަތް މިހާރު ފާސްޓަރ އިންޓަރސެޕްޓާރ ލޯންޗްގައި ނައިޓް ވިޝަން ކެމެރާ ހަރުކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާ ކަމަށެވެ. ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ހޯދަމުން އަންނަނީ ކަނޑުގެ ސާފޭސްއެވެ.

ފުލުހުން ވިދާޅުވީ ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ.ގާދޫ އާއި ހިސާބުން ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ރޭގައެވެ. ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ވާއިރު ޑިންގީގައި އިން އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުންނާއި އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

ސިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފަށާފައިވާ އިރު، ސީޖީ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބުނުފަހުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންގެ އިތުރުން ސިކްސް ސެންސަސް ލާމުގެ ކަނޑު އުޅަނދުތަކާއި މާމެންދުއާއި ހިތަދޫގެ ދޯނިތަކުން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ ކޮއްމެތާކުވިޔަސް ޝިމާ ހެޔޮ ހާލުގައި ވުމެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް