ވެލިދޫގައި ދެ އަންހެނަކު ކައިވެނި ކުރިކަމަށް ބުނެ "ވަޤުތު" ގައި ޝާއިޢުކޮށްފައިވަނީ ދޮގު ޚަބަރެއް! 

 

 

 

ނ. ވެލިދޫ

ނ. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން "ރަމްޒީ ކައިވެންޏެއް" ކުރި ކަމަށް "ވަގުތު އޮމްލައިން" ގައި ޝާއިއު ކުރި ޚަބަރު ވެލިދޫ ކައުންސިލުން ދޮގުކޮށްފިއެވެ.

މިޚަބަރާ ގުޅިގެން، ވެލިދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގަައި ބުނެފަައި ވަނީ، އެ ކައުންސިލުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ ކައިވެނީގެ ފޮޓޯއަކީ ގެސްޓް ހައުސްގައި ގެސްޓުންނަށް ޚާއްސަކުރެވިގެން ހިންގި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމެއްގައި ގުރުއަތުން ދިމާވި ޓާސްކް ފުރިހަމަކުރުމުގެ ގޮތުން ކަޕަލްއެއްގެ ގޮތުގައި ޑްރެސްކޮށްގެން ހިންގި މަންޒަރެއްގެ ފޮޓޯއެއް ކަމަށެވެ. އަދި ދިވެހި، އަރަބި އަދި އެހެން ގައުމުތަކުގެ ސަޤާފަތްތަކާ ގުޅޭ ޕްރޮގްރާމްތަކާއި، އެހެން ގައުމުތަކުގެ ހެދުންތައް ދައްކުވައިދޭ ޕްރޮގްރާމްތައް އެ ގެސްޓު ހައުސިން އިން ހިންގާ ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ވަގުތު އޮންލައިން އިން ޝާއިޢުކުރި ފޮޓޯގަނޑަކުން މުޖްތަމައުގައި ފިތުނަ އުފެދި ފަސާދަވެ ގައުމުގެ ސުލްހަމަސްލަހަތު ގެއްލޭފަދަ ގޮތަކަށް ޚާއްސަކޮށް ވެލިދޫގެ ނަން ބޭނުންކޮށްގެން ލިޔުނުއިރު އެކައުންސިލްގެ ބަހެއް ހޯދާފައި ނުވުމާއި ކަމާއިބެހޭ ފަރާތުން ސައްޚަ މައުލޫމާތު ނުހޯދާ އެފަދަ ޚަބަރެއް ޝާއިޢު ކުރުން އެކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް