ތާވަލު ކުރެވިފައިވާ ތާރީހުގައި އިންތިހާބު އޮންނާނެ - އީސީ
އީސީގެ މެމްބަރު ހަބީބު

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިހާރުވެސް ތާވަލު ކުރެވިފައިވާ ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައި މިވަނީ މަޖިލިސް އިންތިހާބު ފަސްކޮށްދިނުމަށް އެދި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ޕީޕީއެމް އާއި ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް  (އަދުރޭ) ވިދާޅުވީ އިންތިހާބު ފަސްކޮށްދޭން އެދިފައިވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މިވަގުތު އޮތް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް އޮތް ކަމަށް ކޮމިޝަނަށް ގަބޫލުނުކުރެވޭ ކަމަށާއި އެހެންކަމުން މިހާރުވެސް ތާވަލު ކުރެވިފައިވާ ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް