ޒިއްމާދާރުކަން ކުޑަ ދިވެހިން!
އަމީނީމަގު އޭޓީއެމް ތެރެ!

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަމީނީ މަގު އޭޓީއެމްއަށް ވަދެލީމެވެ. ފެނުނު މަންޒަރުން ހިތަށް ވަރަށް އަސަރުކުރި އެވެ.

އޭޓީއެމް މެޝިންތައް ކައިރިއަށް އުކާފަައި ހުރި ކަރުދާސްތައް ފެނުނީމައެވެ. އޭޓީއެމްގެ ޚިދުމަތް ހޯދުމުން އެލިބޭ ކަރުދާސް ރަސީދު ގިނަމީހުން އެއްލާލަނީ ތަޅުންގަނޑު މައްޗަށްކަން ހާމަވިއެވެ.

ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުގެ ކަނާއަތް ފަރާތުގައި ބާކީ ރަސީދު/ އެއްލާލަން ބޭނުންވާ ކަރުދާސް ރަސީދު ލާނެ ރިސައިކަލް ބިންއެއް ހުރެއެވެ. މެޝިން ބެހެއްޓިފައިވާ ސަރަހައްދުގައި ދެ ޑަސްޓްބިން ބަހައްޓާފައި ހުރެއެވެ. ނަމަވެސް، ހިތާމާއަކީ އަދިވެސް ތަޅުންގަނޑު މައްޗަށް ކަރުދާސް ރަސީދު އަޅާމީހުން އަޅަމުންދާ ކަމެކެވެ. އެކަކު އެއްލާލާތަން ފެނުނީމާ އަނެކަކުވެސް އެއްލާލަނީއެވެ. ހަމައެއްލަމައެއް ނެތެވެ.

މިއީ ވަރަށް ޒިއްމާދާރުކަން ކުޑަގޮތެކެވެ. ދިވެހިން މިއަށްވުރެ ޒިއްމާދާރުވާން ވެއްޖެއެވެ. ވެށި ރީތިވާނީ ތިމާވެސް ފަރުދީ ޒިންމާ އަދާކޮށްގެނެވެ. ތަޅުންމައްޗަށް އުކުމުގެ ބަދަލުގައި ކަރުދާސްކޮޅު ޑަސްޓްބިންއަށް ލައިގެނެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް