ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ޝަރަފްވެރި އެވޯޑް ވެލިދޫ މުޙައްމަދު ޙަލީމަށް! 
38 އަހަރުފުރުން ފާހަގަކުރުމަށް ރޭ އެސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން

ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ޝަރަފްވެރި އެވޯޑް ނ.ވެލިދޫ އެލްޕާސޯ މުޙައްމަދު ޙަލީމަށް ރޭ  އަރުވައިފިއެވެ. 

އެގޮތުން، އޭނާއަށް އެވޯޑް އަރުވާފައިވަނީ ނ.އަތޮޅު ތަޢުލީމީ މަރުކަޒަށް 38 އަހަރުފުރުން ފާހަގަކުރުމަށް ރޭ އެސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއެވޯޑަކީ 2017 ވަނައަހަރުން ފެށިގެން އެސްކޫލްގެ ކުރިއެރުމަށާއި، ތަރައްޤީއަށް އެކިއެކި ގޮތްގޮތުން އެންމެ ބޮޑުއެހީތެރިކަމެއް ވެދެއްވާ ފަރާތެއްގެ އަގުވަޒަންކޮށް އެސްކޫލުން ދެމުން އަންނަ އެވޯޑެކެވެ.

މީގެ އިތުރުން، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ “އެޕްރިޝިއޭޝަން އެންޑް ކޮގްނިޝަން” އެވޯޑް  މުޙައްމަދު ޙަލީމްއަށް ލިބުނު މިއީ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް