ކުއްޅަަވައް މިލްކްޝޭކް: ލަންދޫގައި ގިރާ މީރު ފަންޏެއް!
ކުއްޅަަވައް މިލްކްޝޭކް: ލަންދޫގައި ގިރާ މީރު ފަންޏެއް!

ކުއްޅަވައް ނޭނގޭނެ ދިވެއްސަކު އުޅޭނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ނަމަވެސް، "ކުއްޅަވައް މިލްކްޝޭކް" ހަމަ ޔަޤީނުންވެސް ގިނަ ބަޔަކަށް ވާނީ އައު އެއްޗަކަށެވެ.

ކުއްޅަވަކަކީ، ބިޔަ ގަހެއްގައި އަޅައި ހުތް ކިހަސް މޭވާއެކެވެ. މި ހުންނަނީ މަތީގައި ބޮޑު ތާފަތެއް ހުރެފައި ފުލުގައި ބޮޑު ނަގުލަށް ހުންނަ ނެރެއްލައިފައެވެ. ކުއްޅަވައް ފާވީމާ ނޭފަތަށް އުނދަގޫވާ ނުބައި ވަހެއް ދުވާނެއެވެ. ނަމަވެސް، މިއީ ގިނަބަޔަކަށް ވަރަށް މީރު މޭވާއެކެވެ. 

"ކުއްޅަވައް މިލްކްޝޭކް" އަކީ ނ. ލަންދޫގައި ގިރާ މީރު ފަންޏެކެވެ. ލަންދޫގައި ހުންނަ "ކެފޭ ޑީ ލައިވް" އިން މި ބުޔިން ތަޖުރިބާކުރި މީހަކު "ނޫނު އޮންލައިނަށް" ބުނީ، "އެއީ ވަރަށް މީރު ފަންޏެއް، ދެވަނަ ފަހަރަށް ބޯ ހިތް ވާނެ" ކަމަށެވެ.

 

އެނގިފައިވާ ގޮތުގައި، "ކުއްޅަވައް މިލްކްޝޭކް"ގެ އިތުރުން، "ކުއްޅަވައް މޮޖީޓޯ"، "ކުއްޅަވައް ފަނި" މިހުރީ ހައްތާހާވެސް ކުއްޅަވައިގެ ރަހަތަކެވެ. މި ހުރިހާ ބުއިމަކީވެސް ލަންދޫގެ އުފެއްދުންތަކެވެ. އެރަށުގައި ހުންނަ "ކެފޭ ޑީ ލައިވް" އިން 25 ރުފިޔާއަށް މި ބުއިންތަކުގެ އަޖުމަ ބަލާލެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ކޮއްމެއަކަސް، "ކުއްޅަަވައް މިލްކްޝޭކް" އަޅުގަނޑު ވަރަށް ބޯ ހިތް ވެއްޖެއެވެ. ތިޔަ ބޭފުޅުން ބުނަނީ ކީކޭ ތޯއެވެ؟


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް