ވެލިދޫގައި ފެރީ ގެމަތައެއް އަޅަނީ!
ނ. ވެލިދޫ

ނ. ވެލިދޫގައި ފެރީ ގެމަތައެއް އެޅުމަށް ވެލިދޫ ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް، އެރަށު ކައުންސިލުން ނިއްމާފައިވަނީ، ކައުންސިލްގެ ތިންވަނަ ދައުރުގެ 88 ވަނަ ބައްދަލުވުމުގައެވެ. އެގޮތުން، ފެރީ ގެމަތައެއް އެޅުން މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓްގައި ހިމެނުމަށް ހުށަހަޅުވާފައި ވަނީ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން އެވެ. އަދި އަސްމާގެ ހުށަހެޅުމަށް ކައުންސިލް ނައިބު ރައީސް އަހުމަދު ޖައުފަރު ވަނީ ތާޢީދު ކުރައްވާފައެވެ. 

މީގެ އިތުރުން، ނ. ވެލިދޫ ކައުންސިލްގެ މި ބައްދަލުވުމުގައި ނިމިދިޔަ އަހަރުގެ ބަޖެޓްގައި ބާކީ ހުރި ފައިސާ ކައުންސިލް އެކައުންޓަކަށް ޖަމާކުރުމަށް ވެސް ނިންމާފައި ވެއެވެ.

 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް