ނ. ވެލިދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅަނީ!
ނ. ވެލިދޫ

ނ. ވެލިދޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަށް އެރަށު ކައުންސިލަށް ނިންމައިފި އެވެ.

ވެލިދޫގައި މިހާރު ހުރި ސިއްހީ މަރުކަޒު މަރާމަތު ކުރާނީތޯ ނޫނީ އަލުން ހޮސްޕިޓަލެއް އަޅާނީތޯ ނިންމުމަށް ވެލިދޫ ކައުންސިލަށް ހެލްތް މިނިސްޓްރީން ދެންނެވުމުން، ކައުންސިލުން ނިންމީ އައު ހޮސްޕިޓަލެއް އެޅުމަށެވެ.

މީގެ އިތުރުން، ކައުންސިލުން އެގޮތަށް ނިންމީ ރައްޔިތުންގެ ހިޔާލުވެސް ހޯދުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އެކައުންސިލުން ވަނީ، އެކުލަވާލާފައިވާ އައިލެންޑް ޑެވެލޮޕް ކޮމެޓީގެ ލަފައެއް ހޯދާފަ އެވެ.

މި ހިނގާ 2019 ވަނަ އަހަރު ބަޖެޓްގައި ވެލިދޫގެ ސިއްހީ ދާއިރާ އަށް ހިމަނާފައިވާ 10 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، އެރަށުގައި ހޮސްޕިޓަލެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް