ލާމަރުކަޒީ ނ. އަތޮޅު!
ނ. އަތޮޅު!

7 އޮގަސްޓު 2008 ން ފެށިގެން އަމަލުކުރެވެމުންދާ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވަނީ ރައްޔިތުން އިންތިޙާބުކުރާ ފަރާތްތަކެއް ރައްޔިތުން ތަމްސީލުކުރުމަށެވެ. މިގޮތުން ރައްޔިތުން ތަމްސީލުކުރާ ވަކީލުންނާއި ލާމަރުކަޒީ ގޮތެއްގައި އަތޮޅާއި ރަށްތައް ހިންގާ ކައުންސިލަރުން ޒިންމާދާރުކަމާއެކު ރައްޔިތުންގެެ ލާބަޔާއި މަންފާއާއި ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކޮށްފައި ވަނީ ކިހާމިންވަރަކަށްތޯއެވެ؟

މިގޮތުން ބަލައިލަންޖެހޭ އެއްބަޔަކީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ 3 ވަކީލުންނެވެ. އެފަރާތްތަކުން އަތޮޅާއި ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް މަރުކަޒީ ސަރުކާރު ޒިންމާދާރު ކުރެވުނީ ކިހާވަރަކަށްތޯއެވެ؟ މިބީދާއިން ޒިންމާދާރު ކުރަންޖެހެނީ ހުރިހާ ސަރަހައްދީ މުޖުތަމަޢުތަކަކީ އެއްކަހަލަ މުޖުތަމަޢުތަކެއް ނޫންކަމާ އަދި އެމުޖުތަމުތަކުގައި ހުންނާނީއަކީ އެއްކަހަލަ މައްސަލަތަކެއް ނޫންކަމަށް ވާތީއެވެ. އެފަރާތްތަކުގެ އަމަލުތައް ހުރީ އެފަދައިން ނޫންކަމަށް ވާނަމަ 6 އެޕުރީލް 2019 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ތިބާގެ ނިންމުމަކީ ޒިންމާދާރު ނިންމުމެއް ކަމުގައި ހައްދަވާށެވެ.

ނ. އަތޮޅުގެ ލާމަރުކަޒީ  އިދާރާތަކަށް ކައުންސިލަރުން 3 ވަނަ ދައުރަކަށް ދިމިގުރާތީ ހަމަތަކުން އިންތިޙާބު ކޮށްފައިވަނީ އަތޮޅާއި ރަށްތަކަށް ފައިދާކުރަނިވި ގޮތަށް ކަންތައް ކުރިޔަށް ގެންދިޔުމަށެވެ. ނ. އަތޮޅުގެ 71 ރަށުގެތެރެއިން 16،800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ 13 ރަށުން ކޮށްމެ ރަށަކަށް ތިބާ ނިސްބަތްވެ ދިރިއުޅުނުކަމުގައިވީނަމަވެސް، އެރަށެއްގައި އުފެދިފައިވާ ލާމަރުކަޒީ ސަރުކާރުުގެ އިދާރާ ތަކުން ނުވަތަ އަތޮޅާއި ރަށުކައުންސިލުން އެރަށެއްގެ ރައްޔިތުންނާއި ގުޅިގެން އިޖުތިމާއި، އިޤްތިސާދީ، ތިމާވެށި އަދި ސަގާފަތް ހެޔޮރަނގަޅު ގޮތުގައި ތިބާއާއި ތިބާގެ ދަރީންނާއި ދަރީންގެދަރީންނަށްޓަކައި ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްފަ ވޭހެއްޔެވެ؟

މިގޮތުން ތިބާ ދިރިއުޅޭ ނ. އަތޮޅުގެ ލާމަރުކަޒީ އިދާރާތަކުން ހާސިލު ކުރަންޖެހޭ ކަންތައްތައް މައިގަނޑު ފަސްބަޔަކަށް ބަހާލެވިދާނެއެވެ. އެއީ، ކުރިއަރަމުން އަންނަ ސަރަހައްދީ ނ. އަތޮޅުގެ މުޖުތަމަޢުގެ 16،800 އެތަކެއް ރައްޔިތުންގެ ބޭނުންތައްކަމުގައިވާ އަޢު ވަޒީފާ އުފެއްދުމާއި ދެމެހެއްޓެނިވިތަރައްޤީއެއް ހާސިލްކުރުމާއި ދިރިއުޅުމަށް ސަލާމަތްތެރި ރައްކާތެރި ވެއްޓެއް ޤާއިމުކުރުމާއި ފަރުދީ އެއްބާރުލުމާއި އަޅާލުމުގެ ރޫހެއް އުފެއްދުމާއި ތަރައްޤީވެ ބަދަލްވަމުންދާ އާދަކާދަ ތަކާއެކު، ސިޔާސީ ހަމަޖެހުން އޮތް ސަރަހައްދީ ޖައްވެއް އުފެއްދުން އެއީ އެފަދަ ލާމަރުކަޒީ އިދާރާތަކުގެ ދައުރެވެ. މިކަންތައްތައް ހާސިލްވަމުން ދަނީ ކިހާ މިންވަރަކަށްތޯ ތިބާ ވިސްނާލިންތޯއެވެ؟


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް