މޭނާ ސްކޫލް ސްކައުޓުން "ވޯލްޑް ފައުންޑަރސް ޑޭ" ފާހަގަކޮށްފި!
މޭނާ ސްކޫލުގެ ސްކައުޓުންތަކެއް | ފޮޓޯ: ހަރަކާތުގެ ތެރެއިން | މޭނާ ސްކޫލް

ނ. ހޮޅުދޫ މޭނާ ސްކޫލުގެ ސްކައުޓުން "ވޯލްޑް ފައުންޑަރސް ޑޭ" ފާހަގަކޮށްފި އެވެ. މިދުވަހަކީ ސްކޫލުތަކުގެ ސްކައުޓު ކުދިން ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހެކެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ދިޔައީ ސާފުކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގައި އެސްކޫލުގެ ސްކައުޓް އަދި ކަބް ސްކައުޓުން ވަނީ ބައިވެރިވެފައި ވެއެވެ.

"ވޯލްޑް ފައުންޑަރސް ޑޭ" އަކީ 1856 ވަނަ އަހަރުން ފެށިގެން، ކޮއްމެ އަހަރަކުވެސް ފެބްރުއަރީ 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ދިވެހިން ބުނާނަމަ މިދުވަހަކީ ދުނިޔޭގައި ފުރަތަމަ ސްކައުޓު ހަރަކާތް ފެށުނު ދުވަހެވެ.

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް