ފޭސްބުކް ޕޯސްޓްތަކަށް "ލައިކް" ޖެހުން، ދިވެހިން ލައިކްވާ ކަމެއް ނޫން!
ފޭސްބުކް ޕޯސްޓްތަކަށް "ލައިކް" ޖެހުން، ދިވެހިން ލައިކްވާ ކަމެއް ނޫން!

ފޭސްބުކް ފީޑަށް ނަޒަރު ހިންގާލުމުން ފެންނަމުން ދިޔައީ "ލައިކް" ޖެހުމާ ދެކޮޅަށް އެކި މީހުންކޮށްފައިވާ ޕޯސްޓްތަކެވެ. ނުވަތަ އެމީހުންގެ ޕޯސްޓްތަކަށް "ލައިކް" ނުޖެހުމަށް އެދި އާދޭހާއެކު ކޮށްފައިވާ ޕޯސްޓްތަކެވެ.

މިކަމާ ދެކޮޅަށް ޕޯސްޓް ކުރަނީ އެއްމެ މީހެއް، ދެ މީހެއް ނޫނެވެ. ފޭސްބުކް ބޭނުންކުރާ ގާތްގަނޑަކަށް 89 އިންސައްތަ ދިވެހިން "ލައިކް" ޖެހުމާ މުޅިން އިދިކޮޅެވެ. އެއްބަޔަކު ބުނަނީ "ލައިކް ޖަހާނަމަ އަންފްރެންޑް ކުރެވޭނެ" ކަމަށެވެ. އަނެއް ބަޔަކު ބުނަނީ "ލައިކްނުކޮށް، އެހެން ރިއެކްޓްތަށް ކުރާށޭ" އެވެ.

ކޮއްމެއަކަސް، "ލައިކް" ޖެހުމާ ދިވެހީން ދެކޮޅުވާ ސަބަބެއް ވެސް އޮންނަން ވާނެތާއެވެ. އެސަބަބު ބުނެދެން ހެއްޔެވެ؟ ފޭސްބުކުން ވަނީ "ލައިކް" ރިއެކްޓްގެ އިތުރުރުން 4 ރިއެކްޓް ތަޢާރަފުކޮށްފައެވެ. އެެއީ، ރުޅިއަންނަ ނުވަތަ ހިތްހަމަނުޖެހޭ ޕޯސްޓެއް ނަމަ، "އެންގްރީ" ރިއެކްޓްއެވެ. ލޯބި އިޙްސާސްކުރެވޭ ޕޯސްޓެއް ނަމަ، "ލަވް" ރިއެކްޓެވެ. އަންތަރީސްވާ ޒާތުގެ ޕޯސްޓެއް ނަމަ "ވާއު" ރިއެކްޓެވެ. ދެރަވާ ޒާތުގެ ޕޯސްޓެއް ނަމަ "ސޭޑް" ރިއެކްޓްއެވެ. 

މި ރިއެކްޝަން ބަޓަންތައް ތަޢާރަފުކުރުމާއެކު "ލައިކް" ޖަހަންޖެހޭ ޕޯސްތަކަށްވުރެ ގިނަވެފައިވަނީ އެހެން ރިއެކްޓްތަށް ކުރަންޖެހޭ ޕޯސްޓްތަކެވެ. ނަމަވެސް، ބައެއް ދިވެހިންނަށް އަދިވެސް މިރިއެކްޝަން ބަޓަންތައް ބޭނުންކުރާނެ ގޮތެއް ނޭނގެއެވެ. ފެންނަ ކޮއްމެ ޕޯސްޓަކަށް "ލައިކް" ޖަހާ މީހުން އަދިވެސް އުޅެއެވެ. މީހުން ލައިކްނުވަނީ "ލައިކް" ޖަހަން ނުޖެހޭ، ނުވަތަ ލައިކްގެ ބަދަލުގައި އެހެން ރިއެކްޝަނެއް ދޭންޖެހޭ ޕޯސްޓްތަކަށް ވެސް "ލައިކް" ޖަހާތީ އެވެ. މިއީ ހުއްޓަން ޖެހިފައިވާ އާދައެކެވެ. ހާލަތާ އެއްމެ ބައްދަލު ރިއެކްޝަނެއް ދޭޭށެވެ. އޭރަށް ހުންނާނީ ރަނގަޅަށެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް