ހިތާމަވެރި ޚަބަރެއް "ޕަބްޖް" ބޭން ކުރަނީ!
ޕަބްޖީގެ ޕޯސްޓަަރެއް.

ދިވެހިންގެ މެދުގައިވެސް މަޤުބޫލު ވީޑިއޯ ގޭމް "ޕަބްޖީ" އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ބޭންކޮށްފިއެވެ. އެގޮތުން، އެގައުމުގެ ބައެއް ސިޓީތަކުގެ ހޮސްޓެލްތަކާއި ސްކޫލްތަކުގައިވެސް މިގޭމް ކުޅުން ވަނީ މަނާކޮށްފައެވެ.

މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައި ވުޖޫދަށް އައި "ޕަބުޖީ" ނުކުޅޭ ބަޔަކު ދިވެހީންގެ ތެރޭގައި ވެސް މަދުވާނެއެވެ. ޕަބުޖީއަކީ ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ  ގޭމެކެވެ. މިގޭމާއި ހެދި މުހިންމު ގިނަ ކަންތައްތަކަށް ސަމާލުކަން ނުދެވި، ސްކޫލް ކުދިންގެ ކިޔެވުންވެސް ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުުރުން، އިންޑިއާގައި މިގޭމް ބޭންކޮށްފައި ވަނީ ގިނައިން ޕްރައިމަރީ ސްކޫލްތަކުގައެވެ. ހަމައެހެންމެ، މުޅި އިންޑިއާގައިވެސް "ޕަބްޖީ" ކުޅުން މަނާ ކުރުމަށް ނޭޝަނަލް ކޮމިޝަން ޗައިލްޑް ރައިޓްސް އިން ވަނީ ގޮވާލާފައެވެ.

ދާދިފަހުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)، އިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމް ކުޅޭ މީހުން މުޅިއަކުން ހަމައެއް ނުވާނެއެވެ. ހަމައެގޮތަށް، ވީޑިއޯ ގޭމު ކުޅުމުން ކުދިންގެ ސިކުނޑިއަށް ބަދަލުއަންނަ ކަމަށާއި، މެދު މަދަރުސީ އުމުރުގެ ދަރިވަރުން އަނެކުންގެ އިހްސާސްތައް ދެނެގަނެ ހަމްދަރްދީވާ މިންވަރު އިތުރުވާ ކަމަށް ފަހުގެދިރާސާތަކުން ދައްކައެވެ. މި ދިރާސާތައް ހަދާފައި ވަނީ، އެމެރިކާގެ ޔުނިވަސިޓީ އޮފް ވިސްކޮންސިން މަޑިސަންގައެވެ. 


ކިޔުންތެރިންގެ ހިޔާލް

2019-02-21 12:47:52
މިރުޝާ
ރާއްޖޭގައި ވެސް ހަމަ ކުރަންވީ!
އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް