ޝައްކެއްނެތް، ދިވެހިބަހަކީ އަސަރުގަދަ އަދި އެހާމެ ފޮނި ބަހެއް!
އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް ސަޤާފީ ހެދުމުގައި. | ފޮޓޯ: ފޭސްބުކް

 

އަސަރަކާ އަދި ފޮނިކަމެއް، އެކި ބަސްބަހުން ހަމަ ފެނުނަކަސް އަސަރުގަދަ އަދި އެއްމެ ފޮނި، ބަހަކީ މަށަށް މިދިވެހިބަހޭ.  

މިއީ ޙާއްސަކޮށް ކޮއްމެ މާދަރީ ބަހެއްގެ ދުވަހަކު ވެސް އިވޭ ބައިތެކެވެ. އަލްމަރްހޫމް މުހައްމަދު އަމީން ހައްދަވާފައިވާ ޖޯޝީ ޅެން ބައިތެކެވެ.

އާއެކެވެ. މިބައިތުގައި ބުނާ ފަދައިން ދިވެހިބަހަކީ އަސަރުގަދަ އަދި އެހާމެ ފޮނި ބަހެކެވެ. ސިންގަޅަ ނުވަތަ މަލަޔާޅަމް ބަހާ ވައްތަރު ބަހަކަށް ވިޔަސް ދިވެހިބަސް އަޑުއަހަން މާ ހިތްގައިމެވެ. މިއީ ހަގީގަތެވެ. ނޫންތޯއެވެ؟

ރާއްޖޭގަ ހުރިހާ ކަންކޮޅެއްގައި ވެސް ލިޔެވޭ އަކުރު އެއްގޮތެވެ. ލިޔާނީ ތާނައިންނެވެ. މީގެ އަށްސަތޭކަ ވަރަކަށް އަހަރުގެ ކުރީގައި ލިޔެ އުޅުނު އަކުރަކީ އެވޭލާ އަކުރު ނުވަތަ ދިވެސް އަކުރު ކަމުގައި ވިޔަސް މިއަދު އެއަކުރުތަކުން ލިޔާ ބަޔަކު ނޫޅެއެވެ. އެނގެނީވެސް މަދު ބަޔަކަށްމެއެވެ.

އެހެންނަމަވެސް މިއަދު ތާނައިން ލިޔެފައިވާ ލިއުމެއް ކިޔަން ނޭނގޭނެ މީހަކު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. އަދި ލެޓިނުން ހުންނަ ދިވެހި ބަހަށްވެސް އެންމެންހެން ފަރިތައެވެ. ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް އަސާސެވެ.

އެހެންކަމުން، ދިވެހި މާދަރީބަސް ހަމަ މިގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ދެމިގެން ގެންދިއުމަކީ އަހަރެމެންގެ ޤައުމީ އަދި ފަރުދީ ވާޖިބަކަށް މިވަނީ ވެފައެވެ.

 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް