މެނާސްކޫލް ބެޑްމިންޓަން މުބާރާތުގެ ސީނިއަރ ކެޓަގަރީން ޗެމްޕިއަންކަން، ހިރުނދު ހައުސްއަށް!
މުބާރާތުގެ މެޗެއްގެ ތެރޭން. | ފޮޓޯ: މޭނާ ސްކޫލް

މެނާސްކޫލް އިންޓަރ ހައުސް ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ، ދިއްގާ ހައުސް ސީނިއަރ ޓީމް އަދި ހިރުނދު  ހައުސްގެ ސީނިއަރ ޓީމް ކުޅުނު މެޗު، ހިރުނދު ހައުސުން ކާމިޔާބުކޮށްފިއެވެ. 

އެގޮތުން، ހިރުނދު ހައުސް މެޗު ކާމިޔާބުކުރީ ސީދާ ޖުމްލަ ހަތަރު ޓަައީގެ ތެރޭން 3 ޓައީ ކާމިޔާބު ކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗާއެކު، މުބާރާތުގެ ސީނިއާ ކެޓެގަރީގެ ޗެމްޕިއަންކަން ހިރުނދު ހައުސްއަށް ކަށަވަރުވެގެން ދިޔައީއެވެ.

މިމެޗު ކުޅެފައި ވަނީ އިއްޔެއެވެ. އަދި މީގެ އިތުރުން، ފައިނަލް މެޗުގެ އިތުރު މެޗެއް ވެސް އިއްޔެ ވަނީ ކުޅެފައެވެ. އެމެޗާ ގުޅޭ މައުލޫމާތުވެސް ނޫނުއޮންލައިނުން ގެނެސްދީފައި ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް