ހަސްފަތާލު ތެރޭ އަޑުގަދަކޮށް، ޒުވާބުކުރުމަކީ މަނާކަމެއް، ފުލުހުން އަދާކުރީ އެމީހުންގެ ވާޖިބު!
ޕެޕާ ސްޕްރޭ ޖެހުމުން އަވަސް ފަރުވާ ދެނީ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކުރި ކުރީގެ ރައީސް ޔާމީން، ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް މިއަދު ގެނައުމާ އެކު އެ ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުން ފުލުހުންނާ ޒުވާބުކޮށް، އަޑުގަދަކުރަން ފެށުމުން ޕެޕަ ސްޕްރޭ ޖަހައިފި އެވެ.

ޔާމީން، އައިޖީއެމްއެޗަށް ގެނައުމުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލަށް ޖަމާވި އެވެ. ކާޑިއެކް ސެންޓަރު ކުރިމަތީގައި ޕެޕަ ސްޕްރޭ ޖެހީ ހޮސްޕިޓަލްގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހުންނާ ޒުވާބުކޮށް، ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ކަމަށް މައުލޫމާތުލިބެ އެވެ.

ފުލުުހުން ޕެޕަ ސްޕްރޭ ޖެހި މައްސަލައިގައި، ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ނަމަވެސް، އައިޖީއެމްއެޗުގައި އަދި އެނޫން ވެސް ހަސްފަތާލެއްގައި ބަލި މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް، ޒުވާބުކޮށް ހެދުމަކީ މަނާ ކަމެކެވެ.

މިކަމާ ގުޅޭގޮތުން، ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ. އެހެން ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ފުލުހުން އަދާކުރީ އެމީހުނަށް ގާނޫނުން ލާޒިމުކުރާ ވާޖިބެކެވެ. 

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް