"ޓިކްޓޮކް" އައިސް ދިވެހިން އޮރިޔާންކުރި އިރުވެސް، ކަމާބެހޭ ފަރާތްތައް ހަނު!
"ޓިކްޓޮކް" އައިސް ދިވެހިން އޮރިޔާންކުރި އިރުވެސް، ކަމާބެހޭ ފަރާތްތައް ހަނު!

ރާއްޖެއަށް "ޓިކްޓޮކް" ތަޢާރަފު ވުން ވެގެންދިޔައީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ އަވައިގައި ދިވެހީން  ޖެއްސި ކަމަކަށެވެ.

"ޓިކްޓޮކް" އަކީ ތަފާތު ވީޑިއޯތަަކަށް އެކްޓް ކުރުމާއި، ޑަބުކުރުމަށް އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ކުރެވޭ ގޮތައް ފަރުމާކޮށްފައިވާ އެޕްލިކޭޝަންއެކެވެ.

"ޓިކްޓޮކް" އަކީ އެއަށް ދެވި ހިފާ އެޕްލިކޭޝަން އެކެވެ. ދީނީ ވާޖިބުތައް އެއްފަރާތް ކުރުމަށް ފަހު "ޓިކްޓޮކް"ގައި އަވަދި ނެތި އުޅޭ ދިވެހީން މިހާރު ފެންނަލެއް މަދެއް ނޫނެވެ. ބަރަޙަނާވެގެންެ ލަވަތަކަށް ނަށާ، އެކްޓުކޮށް، ޑަބްސްމޭޝްކޮށް، އަދި އެތަކެތި މިހާރު އެދަނީ މީސްމީޑިއާގައި ވެސް އާންމުކުރަމުންނެވެ. 

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މުސްލިމުންނަށް ހަރާމް ބެލުންތަކަށް ނުބެލުމަށް އިސްލާމްދީން އަމުރުކުރައްވާފައި ވާއިރު "ޓިކްޓޮކް" ވެގެން ގޮސްފައިވަނީ އެފަދަ މަންޒަރުތައް އެންމެ ގިނައިން ފެންނަ އެއް އެޕްލިކޭޝަނަށެވެ. 

އާއެކެވެ. މިއީ ދެރަ މައްސަލައެކެވެ. ނަމަވެސް، "ޓިކްޓޮކް" އައިސް ދިވެހިން އޮރިޔާންކުރި އިރުވެސް، ކަމާބެހޭ ފަރާތްތަކުން ތިބީ ހަނެއެވެ. އިސްލާމިކް މިނިސްޓްރީ އޮތީ ނިދާ ހެއްޔެވެ؟

 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް