ޖަލޭ ކިޔާފައި ގެންގޮސް ވައްދަނީ، ހަތް ތަރީގެ ހޮޓަލަކަށް ދޯ؟
Maafushi Prison

މާލެ އެޕާޓަމަންޓެއްގައި ގަނޑަތެޅުމަށްްވުރެ، ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ދިޔުން ވެސް މާރަނގަޅު!

ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ކޮޓަރިއެކެވެ. ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. 

އައިސްއަލަމާރި އާއި އެއްޗެހިދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.

ތަފާތު ރަހަމީރު، ޙާއްސަ ކެއުންތައް އެތަނުން ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް އޮވެ އެވެ. މީހުންގެ ސިއްހީ ކަންކަން ގާތުން ބަލާނެ، ޑޮކްޓަރުނަނާއި ނަރުހުން ޚިދުމަތުގައި ދެމިތިބެއެވެ. އެއްމެ ކުޑަމިނުން، ކިޔާނެ ފޮތްތަކާއި ނޫސް ވެސް ލިބެން ހުރެ އެވެ.

މި ދައްކަނީ ހަތް ތަރީގެ ހޮޓަލެއްގެ ވާހަކައޭ، ތިޔަބޭފުޅުންނަށް، ހީފުޅުވެދާނެއެވެ. ނޫނެކެވެ. ތިޔަހީފުޅުކުރެއްވީ މުޅިން ގޯސްކޮށެވެ. މި ދައްކަނީ ޖަލު ގޮޅިއެއްގެ ވާހަކައެވެ. މާފުށި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ވާހަކައެކެވެ.

އަޅުގަނޑުގެ އޮތީ ހަމަ އެއްމެ ސުވާލެކެވެ. ޖަލަަށް ލުމުގެ ނަމުގައި މިހާ ފެންވަރުގެ ތަނަކަށް މީހަކު ގެންދިޔުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟ 

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް