ސަޓޯގެ ވަޢުދު: ހަ ދަރިވަރަކަށް އަމިއްލަ ހަދަރުގައި މާސްޓާސް!
ސައްތާރު (ހޮޅުދާއިރާގެ ޖޭޕީ ކެންޑިޑޭޓް)

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ޖޭޕީ ޓިކެޓުގައި ނ.ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއް ސައްތާރު މުހައްމަދު (ސަޓޯ)ގެ އަމިއްލަ ޚަރަރުގައި ހަ ދަރިވަރުންނަށް މާސްޓާސްއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހޯދައިދެއްވާނެކަަމަށް އޭނާ ވިދާޅުވެއްޖެއެވެ.

 

ނޫނު އޮންލައިނަށް ދިން އިންޓަވިއުއެއްގައި، ސަޓޯ ވިދާޅުވީ، އެނާގެ އަމިއްލަ ޚަރަރުގައި ހަ ދަރިވަރުންނަށް މާސްޓާސްއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހޯދައިދެއްވާނެ ކަމަށެވެ. 

 

ލިބޭ މުސާރައިން އޭނާ އެ ވަޢުދު ފުއްދަވާނެ ކަމަށް ވިދާޅުވެ، ސަޓޯ އިތުރަށް ވިދާޅުވި މި ފުރުސަތު ދޭނީ ދާއިރާގެ 3 ރަށަށް ހަމަހަމަވާ ގޮތަށް، ރަަށަކުން ދެކުދިންނަށް ކަމަށެވެ. ހޮޅުދޫ ދާއިރާގައި ހިމެނެނީ، ހޮޅުދޫގެ އިތުރުން، މަގޫދާއާ މިލަދޫ އެވެ. 

 

ސަޓޯ ވިދާޅުވީ، ހޮޅުދޫ ދާއިރާގެ ރައްޔިތުން އޭނާ ހޮއްވަވާދެއްވައިފިނަމަ، މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމަށް ނުކުންނާނެ މީހެއްގެ ގޮތުގައި ނުވާނެ ކަމަށާއި، މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން ކަމަށެވެ.

 

މީގެ އިތުރުން، ސަޓޯ ވިދާޅުވީ، އޭނާ މަޖިލީހަށް ހޮވިއްޖެނަމަ ދެން އެއްމެ އިސްކަމެއް ދެއްވާނީ، ހޮޅުދޫ ދާއިރާގެ ރައްޔިތުންނަށް ގާނޫނީ ގޮތުން ޝަރުއީ ކޯޓުތަކުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ހިލޭ ސާބަހަށް ކުރެވޭނެ ފުރުސަތު ހޯދަދޭން ކަމަށެވެ.

 

ނ. މިލަދުއަށް ނިސްބަތްވާ، ސައްތާރު، މަޖިލީހަށް ނުކުންނަނީ ޖޭޕީގެ ޓިކެޓުގައި، ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް