ފެބްރުއަރީ: ރައީސުން ޖަލަށް ލުމަށް ޙާއްސަ މަހެއްތަ؟
ރައީސް ޔާމިން ޖަލަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ.

ކުރީގެ ރައީސް އަބުދު ﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާ އެކު އެ މަނިކުފާނު ކ. މާފުށީ ޖަލަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. ތާރީޚަށް ބަލައިފި ނަމަ އިއްޔެއަކީ 2019 ވަނަ އަހަރުގެ، ފެބުރުއަރީ 18 ވަނަ ދުވަހުއެވެ.

ހަމަ އެގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުގައި ހައްޔަރު ކޮށް ޖަލަށްލީ ވެސް ފެބުރުއަރީ މަހެއްގައެވެ. އެމަނިކުފާނު ހައްޔަރުކުރީ، 2018 ވަނަ އަހަރު، އޭރުގެ ރައީސް އަބްދު ﷲ ޔާމިން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި، އެއަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، އެމަނިކުފާނު ހައްޔަރުކުރީ ވެސް، ފެބްރުއަރީ މަހެއްގައެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދު ﷲ މުހައްމަދު ސިފައިން ހައްޔަރުކުރި އިރު ނަޝީދަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށްވާތީ އެމައްސަލައިގައި ނަޝީދު ކުށްވެރިވާ ކަަމަށާއި، އަދި އަބްދު ﷲ ގާޒީ ހައްޔަރުކުރުމުގެ އިސް މޭސްތިރިޔަކީ ނަޝީދު ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ބުނެ، އެމަނިކުފާނު ހައްޔަރުކުރީ، 7 ފެބްރުއަރީ 2012 ގައެވެ.

އެހެންކަމުން، ފެބްރުއަރީ މަސް ފާހަގަކުރެވިގެން މިދަނީ، ދިވެހިރާއްޖޭގައި ރައީސުން ހައްޔަރުކުރާ މަހެއްގެ ގޮތުގައި ނޫންތޯއެވެ؟ ހަމަގައިމުވެސް ތާރިހުން ހާމަވެގެން ދިޔައީ، ފެބްރުއަރީއަކީ ރައީސުން ޖަލަށް ލުމަށް ޙާއްސަ މަހެއް ކަމެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް