ދިއްގާ ހައުސްގެ ދެ ޓީމްވެސް ފައިނަލަށް!
މުބާރާތުގެ މެޗެއް ކުޅެމުން ދަނީ. | ފޮޓޯ: މޭނާ ސްކޫލް

މެނާސްކޫލް އިންޓަރ ހައުސް ބެޑްމިންޓަން މުބާރާތުގެ ޖޫނިއަރ ލެވެލުން އިއްޔެ ކުޅެވުނު މެޗްގައި މަދޮށި ހައުސް އާ ވާދަކޮށް ދިއްގާ ހައުސްް ކުރި ހޯދާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. 

ދިއްގާ ހައުސް އެމެޗް ކާމިޔާބުކުރީ، ޖުމްލަ ފަސް ޓަައީގެ ތެރޭން 4 ޓައީ ކާމިޔާބު ކޮށްގެންނެވެ. މީގެ އިތުރުން، މުބާރާތުގައި  ސީނިއަރ ލެވެލުން ވެސް އިއްޔެ ވަނީ މެޗެއް ކުޅެފައެވެ. އެެގޮތުން، އެމެޗްގައި ދިއްގާ ހައުސް އާ ހިރުދު ހައުސް ވާދަކޮށް، ޖުމްލަ ފަސް ޓައީގެ ތެރެން 3 ޓައީ ކަމިޔާބު ދިއްގާ ހައުސް ވަނީ މެޗުން މޮޅުވެފައެވެ. މިއާއެކު އެ ހައުސްގެ ސީނިއާ ޓީމްވެސް މިވަނޒި ފައިނަލަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގައި މިއަދު  ހަވީރު ވެސް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިމެޗުގައި ބައްދަލުކުރާނީ ހިރުނދު ހައުސްގެ ސީނިއަރ ޓީމާއި މަދޮށި ހައުސްގެ ސީނިއަރ ޓީމެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް