މެނާސްކޫލް އިންޓަރ ހައުސް ބެޑްމިންޓަން މުބާރާތުގެ ފެށުން ދިއްގާ ހައުސްއަށް ކާމިޔާބު!
މެނާސްކޫލް އިންޓަރ ހައުސް ބެޑްމިންޓަން މުބާރާތުގެ ފެށުން   ދިއްގާ ހައުސްއަށް ކާމިޔާބު!

މެނާސްކޫލް އިންޓަރ ހައުސް ބެޑްމިންޓަން މުބާރާތުގެ  ސީނިއަރ ބައިގެ ފުރަތަމަ މެޗްގައި މަދޮށި ހައުސް އާ ވާދަކޮށް ދިއްގާ ހައުސް އިން މުބާރާތުގެ ފެށުން ކާމިޔާބު ފެށުމަކަށް ހަދައިފިއެވެ.

އިއްޔެ ކުޅުނު އެމެޗް، ދިއްގާ ހައުސް ކާމިޔާބުކޮށްފައިވަނީ ކުޅުނު ފަސް ޓައީވެސް ކާމިޔާބު ކަމާއެކު ނިންމާލައިގެންނެވެ.

 ފޯރިގަދަ އެމެޗްގެ ފަސް ޓައީ ދިއްގާ ހައުސް ކާމިޔާބު ކޮށްފައިވާއިރު މުބާރާތުގައި ޖޫނިއަރ ބައިން ދިއްގާ ހައުސް އަދި މަދޮށި ހައުސް  އިއްޔެ ކުޅެމުން ދިޔަ މެޗްގެ 3 ޓައީ ކުޅުމަށްފަހު  ވަގުުތު ތަން ނުދިނުމުގެ ސަބަބުން ވަނީ މެދު ކަނޑާލާފައެވެ. މި މެޗްގެ ބާކީ ދެ ޓައީ މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 3 ހައުސް ވާދަކުރާ މި މުބާރާތުގެ މިއަދު ހަވީރުވެސް މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި މެޗްގައި ބައްދަލުކުރާނީ ދިއްގާ ހައުސްގެ ސީނިއަރ ޓީމާއި ހިރުނދު ހައުސްގެ ސީނިއަރ ޓީމެވެ.

 


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް