ޕީޕީއެމުން ޓިކެޓް އަތުލުމުން، ލަޔާލަށް "ފޯޓީ ޕްލަސް"ގެ ޓިކެޓް ދީފި!
ލަޔާލްއަށް ޓިކެޓް ހަވާލުކުރަނީ.

މަޝްހޫރު ނޫސްވެރިޔާ ލަޔާލް މަނިކްއަށް ޕީޕީއެމުން ދިން މަޖިލިސް ޓިކެޓް އަތުލުމުން، ދިވެހި ފިލްމު ”ފޯޓީ ޕްލަސް“ގެ ޓީމުން ލަޔާލަށް އެ ފިލްމުގެ ޕްރިމިއާ ޝޯއަށް ވަނުމަށް ޓިކެޓް ދީފި އެވެ.

މިއަދު މެންދުރުފަހު "ފޯޓީ ޕްލަސް"ގެ ޓިކެޓް ލަޔާލް އާ ހަވާލުކޮށްދެއްވީ، ފިލްމުގެ ލީޑް އެކްޓަރު އަހްމަދު ސައީދު އާއި ފިލްމުގައި މަޖާ ރޯލަކުން ފެނިގެންދާނެ އަލީ ޝާހިދު އެވެ. 

މީގެ އިތުރުން، މިކަމާ ގުޅިގެން ”ފޯޓީ ޕްލަސް“ގެ ޓީމުން ބުނީ ޕީޕީއެމުން ލަޔާލް ގެ ޓިކެޓް އަތުލިޔަސް، ފޯޓީ ޕްލަސް ޕްރިމިއާ ޝޯގެ ޓިކެޓް އަތުނުލާނެ ކަމުގެ ޔަޤީންކަން ދޭކަމަށެވެ.

އަންނަ މާރިޗް މަހު 05 ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު، "ފޯޓީ ޕްލަސް"ގެ ޓީމުން އިތުރަށް ބުނީ،  ”ފޯޓީ ޕްލަސް“ އިން ލަޔާލަށް ޓިކެޓްދޭން ނިންމީ ލަޔާލް އަކީ ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ކުޅަދާނަ، ޒުވާން ނޫސްވެރިއަކަށް ވެފައި، ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ކަނބަލަކަށް ވީތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް